ޚަބަރު

ދަރަވަންދޫ ކުނި ގޮނޑުގައި އަލިފާން ރޯވެއްޖެ


ބ.އަތޮޅު ދަރަވަންދޫ ކުނި ގޮނޑުގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން މަޢުލޫމާތުދޭގޮތުގައި ގޮތުގައި ދަރަވަންދޫ ކުނި ގޮނޑުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:20 އެހައިކަންހާއިރުއެވެ.

މިއަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ދަރަވަންދޫ އެއަރޕޯޓުގެ އަލިފާން ނިއްވަން މަސައްކަތްކުރާ ޓީމުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިރޭ 21:30 ހާއިރު މި އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.