ސިޔާސީ

ޕޮލިސް ކޮމިޝަނަރގެ މައްޗަށް ނާޒިމް އަބުރުގެ ދައުވާ އުފުލައިފި


ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ މައްޗަށް އަބުރުގެ ދައުވާއެއް ކުރެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ސީޕީ ހުސެއިން ވަހީދުގެ މައްޗަށް އަބުރުގެ ދައުވާ އުފުލެއްވީ މިދިޔަ މަހުގެ ނަވާވީސް ވަނަދުވަހު ދެއްވި ނިއުސް ކޮންފަރެންސްގައި ނާޒިމްގެ ގެއިން ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނެ ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ.ހުސެއިން ވަހީދުގެ މައްޗަށް ހުށައެޅުއްވި އަބުރުގެ ދައުވާގައި އެދިވަޑައިގެންފައިވާނީ މަޢާފަށް އެދުމަށާއި އެދެއްކެވި ވާހަތަކަކީ ހަގީގަތް ނޫން ކަމަށް މީޑިއާގައި ހުސެއިން ވަހީދު ހާމަކޮށްދެއްވުން ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.