ވިޔަފާރި

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކޮށްލެވޭ ހޮލިޑޭ ޗެކްގެ ގޯލްޑް އަނެއްކާވެސް އެވޯޑް ރާއްޖޭގެ 3 ރިސޯޓަކަށް


ޖަރުމަނިވިލާތުގެ މަޝްހޫރު ޓްރެވެލް ވެބްސައިޓް، ހޮލިޑޭ ޗެކްގެ ގޯލްޑް އެވޯޑް ވިދިވިދިގެން ދެވަނަ ފަހަރަށް ރާއްޖޭގެ 3 ރިސޯޓަކަށް ލިބިއްޖެއެވެ.

ޓްރެވަލް ޗެކުން ކޮންމެ އަހަރަކު ދެމުން އަންނަ ބައިނަލް އަޤްވާމީ މި އެވޯޑް ޙާސިލް ކޮށްފައިވަނީ މީރު އައިލޭންޑް ރިސޯޓް، ކުރަމަތި އައިލޭންޑް ރިސޯޓްގެ އިތުރުން ކުރެއްދޫ އައިލޭންޑް ރިސޯޓެވެ.

ދެވަނަ ފަހަރަށް މި އެވޯޑް ދިފާޢުކޮށް، މީރު އައިލޭންޑް ރިސޯޓް އެންޑް ސްޕާއިން އެއްވަނަ ހޯދާފައިވާއިރު، ކުރަމަތި ރިސޯޓިން ވަނީ ދެވަނަ ހޯދާފައެވެ. އަދި ތިން ވަނަ އަށް ގޮސްފައިވަނީ ކުރެއްދޫ ރިސޯޓެވެ.

ހޮލިޑޭ ޗެކް އެވޯޑަށް ނޮމިނޭޓްވަނީ، ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ދޭ ހިޔާލަށް ބިނާކޮށެވެ. ހޮލިޑޭ ޗެކް އެވޯޑް ދެމުން އަންނަތާ 12 އަހަރު ވެފައިވާއިރު، މިއީ ފަތުރުވެރި ކަމުގެ ދާއިރާގައި ބައިނަލްއަޤްވާމީ ގޮތުންވެސް ފާހަގަ ކޮށްލެވޭ އެވޯޑެކެވެ. އެގޮތުން، 2018ވަނަ އަހަރު އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ 405 ތަނެއް މި އެވޯޑަށް ވާދަކޮށްފައިވެއެވެ.