ޚަބަރު

ފްލެޓަށް އެދި މިހާތަނަށް ބާރަހާހަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވޭ-


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓަށް އެދި ފޯމް ބަލައިގަތުން މިމަހުގެ ސައުވީހަށް ހަމަވާއިރު، މިހާތަނަށް ބާރަހާހަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބާރަ ހާސް ހަތްސަތޭކަ ފަންސާސް ހަ ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއެކު މާލޭގައި ރަޖިސްޓްރީވެފައިވާ މީހުން ހިމެނޭ ފުރަތަމަ ކެޓަގަރީގައި އިމާރާތްކުރަން ހަމަޖެހިފައިވަނީ ހަތަރު ސަތޭކަ ސާޅީސް ފްލެޓެވެ.މި ކެޓަގަރީން ފްލެޓަށް އެދި ހަހާސް އެއްސަތޭކަ އަށްޑިހަ ދެ ފޯމް ހުށަހަޅާފައިވެއެވެ.މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ދެވަނަ ކެޓަގަރީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތިންސަތޭކަ ތިރީސް ފްލެޓަށް އެދި ހަހާސް ފަސްްސަތޭކަ ސާޅީސް ނުވަ ފޯމް ހުށަހަޅާފައިވެއެވެ.މީގެ އިތުރުން މާލޭގައި އަމިއްލަ ބިމެއް އޮތް ނަމަވެސް ބިމުގެ ދަތިކަމުގެ ސަބަބުން އެބިންކޮޅު ދައުލަތަށް ދޭން އެއްބަސްވާ މީހުންނަށް ޚާއްސަ ތިންވަނަ ކެޓަގަރީގައި އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީވެސް ތިންސަތޭކަ ތިރީސް ފްލެޓެއެވެ. މި ފްލެޓްތައްކަށް އެދި މިހާތަނަށް ފޯމް ހުށަހަޅާފައިވަނީ ތިން އާއިލާއަކުން ފަންސަވީސް ފޯމް ކަމަށް މިނިސްޓްރީ މައުލޫމާތު ދެއްވައެވެ.ނަމްބަރު ދޫކޮށްފައިވާ ފަރާތްތަކުން މިމަހުގެ ސައުވީހުގެ ނިޔަލަށް ފޯމް ހުށަހަޅަންޖެހޭ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދ ދެއްވައެވެ.ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓަށް އެދި ހުޅުވާލުމުން ފަންސަވީސް ހާހަށްވުރެ ގިނަ ފަރާތަކުން ވަނީ ނަމްބަރު ނަގާފައެވެ.