ޚަބަރު

އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ


މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެއެވެ.

މިއަދު ހެނދުނު 07:05 ކަންހާއިރު ހިނގި މި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖާ ދުއްވަމުންދިޔަ ސައިކަލް ޖެހިފައިވަނީ މާލޭ މަސްމާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

މި ކުއްޖާ މަރުވެފއިވަނީ އެކްސިޑެންޓްގައި ލިބުނު ޒަަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރު 12:50 ކަންހާއިރު އެވެ. އަދި އެ ކުއްޖާގެ ބޮލާއި ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

މި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖާ ދުއްވަން އިން ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެފައެވެ.