ސިޔާސީ

ޕާޓީތަކުގެ ޕްރައިމަރީތައް އިސްލާމީ އުސޫލްތަކާއި ޤާނޫނުތަކާ އެއްގޮތަށް އިންތިޒާމް ކުރުމަށް އީސީން ގޮވާލައިފި


ޕާޓީތަކުން ޕްރައިމަރީތައް ބާއްވަމުންގެންދާއިރު އިސްލާމީ އުސޫލްތަކާއި ޤާނޫނުތަކާއި ޕާޓީތަކުގެ އަސާސީ ގަވާއިދުތަކާއި ޚިލާފުނުވާނޭގޮތަކަށް ކަންކަން އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުްނ މިކަމަށް ގޮވާލާފައިވަނީ އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކުރަމް ކުރެއްވި ޓްވީޓެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަމަށް ގޮވާލާފައިވާއިރު މިއަދު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އޮންނާނެއެވެ.