ކުޅިވަރު

މި އަހަރު ތެރޭގައި ފުޓްބޯޅަ ކޯޗުން ތަމްރީން ކުރުމަށް ވަރަށް ގިނަ ކޯސްތައް ހިންގޭނެ. އެފް.އޭ.އެމް


މިއަަހަރު ތެރޭގައި ފުޓްބޯޅަ ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި އަތޮޅު ތަކުގައި ބާއްވާނެ ކަމަށް އެފް،އޭ،އެމްގެ ކޯޗުން ތަމްރީން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ޝާޒްލީ ބުނެފި. ޝާޒް މިހެން ބުނީ އެފްއޭއެމް އާ ބ.އަތޮޅު ކައުންސިލްއާ އޭދަފުށީ ކުޅިވަރު ކޮމެޓީ ކުލްބް އޭދަފުށި ގުޅިގެން ބޭއްވި ފުޓްބޯޅަ ސީ ލައިސަންސް ކޯޗިން ކޭމްޕް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައި.
ޝާަޒް ބުނީ އެފްއޭއެމްއިން މިއަރުން ފެށިގެން "ޑީ" ލައިސަންސް ރަސްމީކޮށް ފަށާނެ ކަމަށާ، ސީ ލައިސަންސް ހެދޭނީ ޑީ ފުރިހަމަކޮށްގެންކަމަށް. އެހެން ނަމަވެސް ކުރީގައި ކުޅެފައި ތިބި ކުޅުންތެރިންނަށް ޑީ ނުހަދާ ސީ ހެދޭނެކަމަށާ، އެންމެ ރަގަޅު ގޮތަކީ ޑީ ފުރިހަމަކޮށްފަ ސީ ލައިސަން ހެދުންކަމަށް އެފްއޭއެމްގެ ކޯޗުން ތަމްރީން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ޝާޒްލީ ބުނި.

"މިއަހަރުވެސް ވަރަށް ގިނަކޯސްތަކެއް ރާއްޖޭގެ އެކި އަތޮޅުތަކުގައި ބޭއްވުމަށް ވަނީ ރާފަ، އެފްއޭއެމްގައި މިހާރު ކޯޗިންއަށް ކޮންމެސް ވަރެއްގެ ބަދަލުތަކެއް މިވަނީ ގެނަސްފަ،އޭގެ ތެރެއިން އެއްބަދަލަކީ މިއަހަރު ތައާރަފްކުރާ ޑީ ލައިސަންސް ކޯޗުން ތަމްރީން ކުރުން، ޑީ ލައިސަންސް ފުރިހަމަކޮށްފަ ސީ ލައިސަންސްއަށް ދެވޭނީ،

ޝާޒް ބުނީ އެފްއޭއެމްއިން ކޯޗިން ލައިސަންސް ދޫކުރުމަށްވެސް ބަދަލުތަކެއް ގެނަސްފައިވާކަމަށާ، ކޯސްފުރިހަމަކުރުމުން ދޫކުރާ ސެޓްފިކެޓް ލިބުނު ކަމުގައި ވީނަމަވެސް ކޯޗިން ލައިސަންސް 2 އަހަރުގެ މުއްދަތަކަށް ދޫކުރުމަށް ނިންމާފައިވާކަމަށް.
"އެލައިސަންސްގެ ބޭނުމަކަށް މިވަނީ ސެޓްފިކެޓް ލިބުނުކަމުގައި ވީނަމަވެސް ކޯޗިންގައި އިތުރަށް ކުރިއަށްދާން ކުރެވޭކަމެއްކަމަކީ، ދެއަހަރަށް ދޫކުރާ ލައިސަންސް މުއްދަތު އިތުރުކުރެވޭނީ ކޯޗިންގައި ކުރިއަށް ދާ ފަރާތްތަކަށް. މިވެސް ހަމަ ކޯޗުންގެ ކުރިއެރުމަށް ގެނެވުނު ވަރަށް މުހިންމު ބޮޑު ބަދަލެއްކަމަށްދެކެން.

މިމަހުގެ 4 ން 16 އަށް ބ.އަތޮޅަށް އަމާޒުކޮށްގެންވަނީ ސީ ލައިސަންސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފަ. މިކޯހުގައި 14 ފަރާތަކުން ވަނީ ސީ ލައިސަންސް ކޯޗިން ކޯސް ފުރިހަމަކޮށްފަ. މިބައިވެރިންނަށް ފާސްވި ކަމުގެ ސެޓްފިކެޓް ހަވާލުކުރާނީ 2 ހަފްތާފަހުންކަމަށް އެފްއޭއެމްއިން ބުނޭ.