ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިލްތިމާސްކުރެވޭނެ ގޮތް


މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައިކޯޓުގައި އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ފޯމު ހައިކޯޓުން ތައާރަފްކޮށްފިއެވެ.މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ 64ވަނަ މާއްދާގައި ވާގޮތުން، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިލްތިމާސް ކުރެވިދާނެއެވެ.މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގައިވާ ގޮތުން އެ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ބެލޭނީ އެ މައްސަލައެއް އިލްތިމާސް ކުރާ މަރުހަލާގައި އެކަނިކަމަށްވެސް ބުނެފައިވެއެވެ.އަލަށް ތަޢާރަފުކުރެވުނު، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ފޯމު  ހައިކޯޓުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށް އެކޯޓުން މަޢުލޫމާތުދެއެވެ.