ޚަބަރު

ޔޫ.އޭ.އީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، މިހިނގާ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވި "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ ދަތުރުފުޅުގައި ރާއްޖެއާއި ޔޫއޭއީ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޖޮންއިންޓް ކޯޕަރޭޝަން ކޮމެޓީއެއް އެއް އުފެއްދުމަށް ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޔޫއޫއީގައި ދިރިއުޅޭ ދިވެހިންނާއިވެސް މި ދަތުރުފުޅުގައި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔޫއޫއީއަށް ކުރެއްވި ދަތުރުފުޅަކީ އެމަނިކުފާނު މަޤާމާއި ހަވާލުވެޑައިގަތުމަށްފަހު ރާޢްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދެވަނަ ދަތުރުފުޅުއެވެ.