ޚަބަރު

" އެމް ބީ ސީ އީދު އުފާ " މިއަހަރު ހއ.ކެލާގައި ބާއްވަން ނިންމައިފި


" އެމް ބީ ސީ އީދު އުފާ " މިއަހަރު ތިލަދުންމަތީ އުތުރުބުރީ ކެލާގައި ފާހަގަކުރުމަށް ނިންމައިފިއެވެ.މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ކޮންމެ އަހަރެއްގެ އަލްހާ އީދުގައި ރާއްޖޭގެ ކޮންމެވެސް އެއް ރަށެއްގައި އަންނަނީ ކުލަ ގަދަކޮށް އީދު ފާހަގަކުރަމުންނެވެ.މިއަހަރުގެ އަލްހާ އީދު ކެލާގައި ފާހަގަކުރަން ނިންމީ އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެންނެވެ. މިފަހަރު އެމްބީސީ އީދު އުފާ ބޭއްވުމަށް ހަ ރަށަކުން ހުށައަޅާފައިވެއެވެ.މިއީ އެމް ބީ ސީ އީދު އުފާ ބާއްވާ ތިންވަނަ ފަހަރެވެ. މީގެ ކުރިން 1433 ވަނަ އަހަރު މ.މުލަކު އަދި  1435 ވަނަ އަހަރު ނ ހޮޅުދޫގައި ވަނީ އީދުއުފާ ފާހަގަކޮށްފައެވެ.މިފަހަރުވެސް އެމް ބީ ސީގެ ޗެނަލްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްބީސީ ޢީދު އުފާގެ ހަރަކާތްތައް ދުރަށް ފޮނުވާނެއެވެ.