ވިޔަފާރި

ދިރާގުގެ ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް އަލިފުށި އަދި ނިލަންދޫއަށް


ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް ރ. އަލިފުއްޓަށާއި ފ ނިލަންދޫގައި ރަސްމީކޮށް ދޭންފަށައިފިއެވެ.

ދިރާގުންވަނީ ހުސްވި ޑިސެމްބަރުގައި ހއ ހޯރަފުށި، ހދ ހަނިމާދޫ އަދި އެ އަތޮޅު ނޮޅިވަރަމަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދްމަތް ތަޢާރަފް ކޮށްފައެވެ. މީގެ އިތުރުން ނިމިގެންދިޔަ އަހަރު އަތޮޅުގެ ގިނަ ރަށްތަކަށްވެސް ދިރާގުންވަނީ ފައިބަރ އިންޓަރނެޓްގެ ޚިދްމަތް ތަޢާރަފް ކޮށްފައެވެ.

ފައިބަރ ކޭބަލް މެދުވެރިކޮށް އިންޓަރނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދިރާގުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިވާކަމަށް ދިރާގުން ބުނެއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅުގެ 49 ރަށެކެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑް ބޭންޑްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުން މި ޚިދްމަތް ފޯރުކޮށްދެނީ އެންމެ ހަލުވި ސްޕީޑް ކަމުގައިވާ 100 އެމްބީޕީއެސްގައެވެ.