ވިޔަފާރި

ފްލައިމީގެ ދަތުރުތަކުގައި ބޭނުންކުރުމަށް އާ ބޯޓެއް ގެނެސްފި


ވިލާ އެއާރގެ ފްލައިމީގެ ދަތުރުތަކުގައި ބޭނުންކުރުމަށް އާ ބޯޓެއް ރާއްޖެ ގެނެސްފިއެވެ.ފްލައިމީގެ އެތެރޭގެ އުދުހުންތަކަށް ގެނެސްފައިވަނީ، އޭޓީއާރ 72 ޑޭޝް 500 މަރުކާގެ ބޯޓެއްކަމަށް ވިލާ އެއަރއިން މައުލޫމާތުދެއެވެ.އެ އެއަރލައިނުން ބުނީ، މި ބޯޓާއެކު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުގެ އަދަދު ހަޔަކަށް އަރާފައިވާކަމަށެވެ.މި ބޯޓް މާމިގިލި އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނައުމުގެ ރަސްމިއްޔާތަށްފަހު މިޑިއާއަށް މައުލޫމާތުދެެއްވަމުން ފްލައިމީގެ މެނޭޖިން ޑިރެކްޓަރ ރިލުވާން ޝަރީފް ވިދާޅުވީ، ފްލައިމީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން ދިޔަ 46 ގޮނޑީގެ ދެ ފްލައިޓް ވަރަށް އަވަހަށް އެހެން ބަޔަކަށް ދޫކޮށްލާނެކަމަށެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ދެން ބޭނުންކުރަމުންދާނީ، 68 މީހުންގެ ޖާގައިގެ ބޯޓުތައްކަމަށް އޭނާ ވިދާޅުވިއެވެ.