ވިޔަފާރި

ޓީއެމްއޭ ސީޕްލޭން ޕްލީޓުގެ އަދަދު 52އަށް އަރައިފި


ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭގެ ސީޕްލޭން ޕްލީޓަށް 52 ވަނަ ބޯޓު ގެނެސްފިއެވެ.

މި ސީޕްލޭންއަކީ ފޯރ ސީޒަންސް ހޮޓެލް އެންޑް ރިސޯޓްސްގެ ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށްގެން ގެނައި ސީ-ޕްލޭނެއްކަމަށް ޓީއެމްއޭއިން ބުނެއެވެ. އެހެންނަމަވެސް މި ސީޕްލޭން އޮޕަރޭޓްކޮށް، ބަލަހައްޓާނީ ޓީއެމްއޭއިންކަމަށް އެކުންފުނިން ބުނެނެވެ.

ސްވިޓްޒަލޭންޑުން މި ސީޕްލޭން ރާއްޖެ ގެނެސްފައިވަނީ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޓީއެމްއޭއަށް 52 ވަނަ ސީޕްލޭން ގެނައުމުގެ މުނާސަބަތުގައި އެ ކުންފުނިން ވަނީ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ޕަރާތްތަކަށާއި، ފަސިންޖަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރއެވެ. އެކުންފުނިން އަންނަނީ ސީޕްލޭންގެ ޚިދުމަތް ފުޅާކޮށް، އިތުރަށް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި އިތުރަށް ހުޅުވަމުން އަންނަ ރިސޯޓުތަކާއެކު، ސީޕްލޭންގެ ދަތުރުތަކަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާކަމަށް ޓީއެމްއޭއިން ބުނެއެވެ. މި ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށްޓަކައި އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.