ޚަބަރު

8 މީހުންނާއެކު ހުޅުމާލޭ ނެރު މައްޗަށް ދޯންޏެއް އަރައިފި


8 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ހުޅުމާލޭ ނެރުމައްޗަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ހުޅުމާލޭ މައި ނެރު މައްޗަށް އެރި މިދޯނީގައި ތިބީ 6 ދިވެހިންނާއި 2 ބިދޭސީން ކަމަށާއީ މިޙާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ، ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ އެމްއެންޑީއެފް ކޯސްޓްގާރޑުގެ ޑައިވަރުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

''ދުވެލި'' ނަމަކަށް ކިޔާ 75 ފޫޓުގެ މިދޯނި ހުޅުމާލޭ ނެރުމައްޗަށް އެރީ މަސްވެރިކަން ކުރުމަށް ފަހު ހުޅުމާލެއަށް ވަންނަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.