ވިޔަފާރި

ހުޅުމާލެއާއި ވިލިމާލެއަށް ނޯޓް ކޮސްމެޓިކްސް ތަޢާރަފްކޮށްފި


ނިއު އެޑިޝަނުން ހުޅުމާލެއާއި ވިލިމާލެއަށް ނޯޓް ކޮސްމެޓިކްސް ތަޢާރަފްކޮށްފިއެވެ.
ނޯޓްސް ކޮސްމެޓިކްސް ތަޢާރަފްކޮށްފައިވަނީ ހުޅުމާލޭގައި ހިންގާ "ލަ ރޯޒާ" ފިހާރައަށާއި ވިލިމާލޭ "އަލިޝްބާ" ފިހާރައަށެވެ. މި ރަސްމިއްޔާތުގައި މި ބްރޭންޑް ލޯންޗުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު މޭކަޕް އާރޓިސްޓް ސުއީޒާ އިބްރާހިމްއާއި ޕައިލެޓް ފަސްޓް އޮފިސަރ ހައްވާ ތައުފީޤްގެ އިތުރުން ނޯޓްގެ އެމްބެސަޑަރު ސަމާހާ މޫސާއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލުމާތުދެއްވަމުން ރާއްޖޭގެ ނޯޓް ކޮސްމެޓިކްސް ބްރޭންޑް މެނޭޖަރު އަހުމަދު ޝިޔާމް ވިދާޅުވީ މާލޭއާއި ރާއްޖޭގެ އަތޮޅުތަކަށް ނޯޓްގެ އެކި ބްރޭންޑްތައް ތަޢާރަފްވުމާއެކު ހުޅުމާލެއާއި ވިލިމާލެއިން މިތަކެތި ނުލިބުމުގެ ޝަކުވާ އާންމުންގެ ފަރާތުން އަންނަމުންދިޔަ ކަމަށެވެ. ޝިޔާމް ވިދާޅުވީ، މާލޭގެ ނިއު އެޑިޝަންއިން ލިބޭ ހުރިހާ ޕްރޮޑަކްޓެއް ހުޅުމާލެ އަދި ވިލިމާލޭން މިހާރު ލިބެން ހުންނާނެކަމަށެވެ.

ތުރުކީގެ ބްރޭންޑޭއްކަމަށްވާ "ނޯޓު" އެންމެ ފުރަތަމަ ރާއްޖެ ތަޢާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނޯޓް ކޮސްމެޓިކްސް ތަޢާރަފްކޮށްފައިވާއިރު މިއީ ނިއު އެޑިޝަނުން ހުޅުމާލެއާއި ވިލިމާލޭގައި ނޯޓް ކޮސްމެޓިކްސް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. ޝިޔާމް ވިދާޅުވީ ރާއްޖޭގައި ނޯޓް ކޮސްމެޓިކްސްގެ ވިޔަފާރި ފުޅާވެގެންދިއުމަކީ ނޯޓް ބްރޭންޑަށް އާންމުންގެ މެދުގައި އޮތް ތަރުޙީބު އަންގައިދޭކަމެއްކަމަށެވެ.

ތުރުކީ ވިލާތުގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "ނޯޓް" ގެ ޚާއްސަކަމަކީ ކޮސްމެޓިކްސް އުފައްދުމުގައި ތަފާތު ކެމިކަލްތަކާއި، އަލްކަހޯލް އަދި އެސިޑް ފަދަ ތަކެތި ބޭނުންކޮށްފައިނުވުންކަމަށް ނިއުއޭޑިޝަނުން ބުނެއެވެ. ނޯޓގެ ތަފާތު ޕްރޮޑަކްޓްތައް ވިއްކަމުންދާއިރު އޭގެތޭރޭގައި ނޯޓް ބްރޭންޑްގެ ފައުންޑޭޝަނާއި ލިޕްސްޓިކްއާއި އައިލައިނާއާއި މީގެ އިތުރުންވެސް ރީތިވުމަށް ބޭނުންކުރާ އެކި ބާވަތުގެ ސާމާނު ހިމެނެއެވެ.