މުޖުތަމަޢާ ގުޅުހުންހުރި ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ޚާއްސަ ފަންޑް ރައިޒިންގ ހަރަކާތްތަކެއް ފަށައިފިއެވެ.ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންތަކެއް އިސްނަގައިގެން ފެށި ފަންޑް ރައިޒިންގ އިވެންޓުގެ ދަށުން މަސް ދުވަހަށް ބަހާލައިގެން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ.އެގޮތުން ފަންޑް ރައިޒިންގ ހަރަކާތްތައް ފެށިގެންދިޔައީ، ސޮކަ ޗެލެންޖު މުބާރާތުންނެވެ.މިމުބާރާތުގައި ފެކެލްޓީ އޮފް އެޑިއުކޭޝަންގެ ފަނަރަ އަންހެން ޓީމާ ސަތާރަ ފިރިހެން ޓީމް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އެކި އެކި ޙަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ.