ކުޅިވަރު

20 ޓީމާ އެކު ބަސީރު އެކަޑަމީގެ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި


20 ޓީމާ އެކު ބަސީރު އެކަޑަމީގެ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖްގެ ނަމުގައި ކުރިއަށްގެންދަާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލްކުރީ ޓީމް ސޮލޮނޮއިޑް އަދި އޭ ޑީ ބީ އެވެ. މި މެޗް 7-1 ކާމިޔާބުކުރީ ޓީމް ސޮލޮނޮއިޑެވެ. މި މެޗް ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ ޓީމް ސޮލޮނޮއިޑްގެ ޖާރޒީ ނަންބަރ 11 އަޝްވަދު ރަޝީދެވެ. މިމުބާރާތުގެ ދެމެޗް ރޭގަ ކުޅެފައިވާއިރު ދެވަނަ މެޗްގައި ބައްދަލްކުރީ ޓީމް އީކުއޭޓަރ އަދި ޓަޕިއޮކާ އެވެ. މިމެޗް 5-1 ކާމިޔާބުކުރީ ޓީމް އީކުއޭޓަރ އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އީކުއޭޓަރ ގެ ޖާރޒީ ނަންބަރ 7 މުހައްމަދު އާދަމް އެވެ.
ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފުޓްސަލް މުބާރާތްތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަެހިފައިވާއިރު މިމުބާރާތުގައި ޖުމްލަ 20 ޓީމަކުންވަނީ ބައިވެރިވެފައެވެ. މިއީ ބަސީރު އެކަޑަމީގެ ފަރާތުން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.