ޚަބަރު

މަޑުއްވަރީ ނަރުދަމާ ނިޒާމް ފެށުމުގެ މަސައްކަތް އިފްތިތާޙް ކޮށްފި


ރ އަތޮޅު މަޑުއްވަރީ ނަރުދަމާގެ ނިޒާމް ފެށުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.މިއަދު މަޑުއްވަރީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އެންވަޔަރމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙީމްއެވެ.ދައުލަތުގެ ބަޖެޑުން 49.9 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީ އާއެވެ.މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މަޑުއްވަރީ ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެކަމަށް އެންވަޔަރަމެނއްޓް މިނިސްޓްރީން މައުލޫމާތުދެއެވެ.މިއަދު އެރަށުގައި އޮތް ރައްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި، ސްޓޭޓް މިނިސްޓަރ އަބްދުލްމަތީން މުހައްމަދު އަދި އެމް.ޑަބްލިއު.އެސް.ސީގެ އިސްވެރިންނާއި މަޑުއްވަރީ ކައުންސިލާއި އަތޮޅު ކައުންސިލްގެ މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ.