ޚަބަރު

ލުބުނާނާއި އިސްރާއީލު ގުޅޭ ސަރަޙައްދީ އިމުގައި ނުރައްކާތެރި ހަރަކާތްތައް ނުހިންގުމަށް އދން ގޮވާލައިފި


ލުބުނާނާއި އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގައި އެއްވެސް ނުރައްކާތެރި ހަރަކާތެއް ނުހިންގުމަށް އދން އެ ދެ ޤައުމަށް ގޮވާލައިފިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ އދގެ ސަލާމަތީ ފައުޖުތަކުގެ އިސްވެރިޔާ ސްޓެފާނޯ ޑެލް ކޮލް ވިދާޅުވީ، ދެ ޤައުމު ގުޅޭ ސަރަހައްދީ އިމުގައި ދެ ޤައުމުން އެއްވެސް ހަރަކާތެއް ހިންގާނަމަ، އެކަން އދއަށް އަންގަން ޖެހޭ ކަމަށެވެ. އދގެ އޮފިޝަލު މިހެން ވިދާޅުވެފައިވަނީ ލުބުނާނާއި އިސްރާއީލުގެ ސަލާމަތީ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ބުރާސްފަތި ދުވަހު ލުބުނާނުން ބުނެފައިވަނީ އިސްރާއީލުން އެ ޤައުމުގެ ސަރަހައްދުތަކަށް ވަންނަ މައްސަލަ އދގެ ސަލާމަތީ ހުށަހަޅާނެކަމަށެވެ. އަދި މިކަމުގައި ލުބުނާނުގެ އަސްކަރިއްޔާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ލުބުނާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އިސްރާއީލުން ވަނީ، އެ ޤައުމާއި ލުބުނާނު ގުޅޭ ސަރަހައްދީ ރޮނގުގެ އުތުރުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިން އަޅާފައިވާ ބިންގަރާސްތަކެއް ހަލާކުކޮށްލުމަށްކަމަށް ބުނެ، ޚާއްޞަ އޮޕަރޭޝަނެއް ފައްޓާފައެވެ.