ޚަބަރު

ކަނޑިތީމުގެ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފި


މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އިފްތިތާހް ކޮށްދެއްވައިފިއެވެ.ސަރުކާރުގެ ބަޖެޓުން ސާޅީސް މިލިޔަން ، ނުވަސަތޭކަ ހަތްދިހަ ހަހާށްވުރެގިނަ  ރުފިޔާ ޚަރަދުކޮށްގެން ށ.ކަނޑިތީމުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫއު ފައްޓަވާ ދެއްވުމައްފަހު ވާހަކަފުޅު ދައްކަވަމުން މނިސްޓަރ ތޯރިގް ވިދާޅުވީ، ނަރުދަމާގެ ނިޒާމެއްގާއިމް ކުރެވުމާއެކު  އެނިޒާމް ދިގުމުއްދަތަކަށް ދެމެޙެއްޓެނިވި ގޮތަށް ބެލެހެއްޓުމަކީ މުހިންމުކަމެއް ކަމަށާއި، ކަނޑިތީމްގަ ގާއިމް ކުރެވިގެންދާ ނަރުދަމާ ނިޒާމާއެކު އެރަށަށް އިތުރު ތަރައްގީ ލިބިގެންދާނެ ކަމަށެވެ.މިރަސްމިއްޔާތުގައި ކަނޑިތީމު ނަރުދަމާގެ މަސައްކަތް ކުރިޔަށްގެންންދާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒްލް ރަޝީދު ވިދާޅުވީ ކަނޑިތީމް ނަރުދަމާގެ މަސައްކަތް ނިންމުމުގައި ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާކަމަށާއި، ޕްރޮޖެކްޓް ކުރިޔަށްދާއިރު ޚިޔާލު ތަފާތުވާކަމެއްވާނަމަ މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަމަށް. އަދި މިއަހަރުގެ މެދެއްހާތަނުގައި މަޝްރޫއުގެ މަސައްކަތް ނިމޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.