ޚަބަރު

އެނދުމަތިވެފައިވާ ބަލި މީހުންނަށް ފަސޭހަ ގޮތް ތަކެއް


އެނދުމަތިވެފައިވާ ބަލިމީހުންނަށް ގޭގައި ތިބެގެން ފަރުވާ ހޯދޭނެ ނިޒާމެއް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދޮށީ އުމުރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ދޮށީ އުމުރުގެ ޚިދުމަތްތެރި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވީ، ގޭގައި ތިބެގެން ފަރުވާ ހޯދޭ ފަދަ ނިޒާމެއް މިވަގުތު މާލޭގައި ފެއްޓެވިނަމަވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި އަތޮޅުތެރޭގައި މި ހިދުމަތްދޭން ފަށްޓަވާނެ ކަމަށެވެ. އަދި، ދޮށީ އުމުރުގެ ބޭފުޅުންނަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ސިއްހީ ދާއިރާގެ ފަރުވާކަމަށާއި، އެހެންކަމުން އެދާއިރާއަށް ގިނަ ކަންތައްތަކެއް މިސަރުކާރުން ކޮށްދެއްވަމުންގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.މީގެ އިތުރުން ސަރުކާރަކީ ހަމައެކަނި ޒުވާނުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަމަށާއި ދޮށީ އުމުރުގެ މީހުންނަށްވެސް ކަންތައްތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ޔާމީންގެ ވާހަކަފުޅުގައި، ހުޅުމާލެ ތަރައްގީ ކުރުމުން، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ދަރިން ގޮވައިގެން ހުޅުމާލެއަށް ބަދަލުވުމުގެ ވިސްނުމެއް ގެންގުޅުމަށް އެފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ. އަދި ހުޅުމާލެ ތަރައްގީ ކުރެވޭއިރު ދޮށީ އުމުރުގެ ބޭފުޅުންނަށް ހިތް ފަސޭހަ ތަނަކަށް ހުޅުމާލެ ވެގެންދާނކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އުމުރުން ދުވަސްވީ މީހުންނަށްއަމާންކަމާއިއެކު އުޅެވެނެ މުޖްތަމައުއެއް ޤާއިމްކޮށް ދިނުންކަމަށެވެ. އެފަރާތްތަކަށް އަރާމުކޮށްލުމަށް ވަގުތުދީ ބޭސްފަރުވާގެ ކަންކަން ފަސޭހަކޮށްދެއްވާނެކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކިއުގައި ނުތިބެ އެފަރާތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.މިހަފްލާގައި ވާހަކަ ދޮށީ އުމުރުގެ ރައްޔިތުންގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުﷲ ޞާދިގް ވިދާޅުވީ، މިހާރު ރާއްޖެ މިފެންނަ ތަރައްގީ ގެނެސްދިނީ އިސްރަށްވެހިން ނުވަތަ ދޮށީ އުމުރުފުރާގެ ބޭފުޅުންކަމަށެވެ.މިހަފްލާގައި ދޮށީ އުމުރުގެ ބޭފުޅުންގެހާލު އޮޅުންފިލުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަގުތުކޮޅެއް އެފަރާތްތަކާއެކު ހޭދަކޮށްލެއްވިއެވެ.