ޚަބަރު

ޝަރުއީ ދާއިރާގެ އިސް މަޤާމުތަކަށް މީހުން ހޮވުމަށް އާ ޤަވާއިދެއް


ޝަރުއީ ދާއިރާގެ އެންމެ އިސް އިދާރީ މަޤާމުތަކަށް މީހުން އައްޔަންކުރާއިރު، ސުޕްރީމް ކޯޓުގެ ލަފާގެ މަތިން މީހުން އައްޔަންކުރާ ގޮތަށް ހަމަޖައްސައިފިއެވެ.ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ޝަރުއީ ދާއިރާގެ އެންމެ އިސް އިދާރީ މަޤާމުތަކަށް މީހުން އައްޔަންކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން، ޝަރުއީ ދާއިރާގެ އިދާރީ އޮނިގަނޑުގައި ހިމެނޭ ޑިރެކްޓަރ ޖެނަރަލަށްވުރެ މަތީ މަޤާމްތަކަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އައްޔަންކުރަންޖެހޭ މަޤާމްތަކެކެވެ.ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ އުސޫލުގައި ޝަރުއީ ދާއިރާގެ އިސް މަޤާމްތަކަށް މީހުން އައްޔަންކުރާއިރު ރިޢާޔަތްކުރާނެ ކަންތައްތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެމީހެއްގެ ތައުލީމީ  ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއެވެ.