ޚަބަރު

ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީ ކުރުމަށް ފަސޭހަ ގޮތްތަކެއް


5 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް ވިޔަފާރި ފެށޭވަރަށް ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީ ކުރުމުގެ އިޖްރާޢާތުތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރަޖިސްޓްރަރ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ  މި އިޖްރާޢާތުތައް ލުއިކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ބެނުންވާ ބޭރުގެ އިންވެސްޓަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ކަމަށާއި، މީގެ ސަބަބުން މިހާރު އިންވެސްޓްމެންޓް ރަޖިސްޓްރީ ކުރުމަށް ހޭދަވާ މުއްދަތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށެވެ.މިގެނެވުނު ބަދަލާއެކު ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީއަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައްވެސް މަދުވެގެންދާނެ ކަމަށާއި، ބޭރުގެ އިންވެސްޓްމެންޓްތައް ރަޖިސްޓްރީ ކުރުމަށް ބިޒްނަސް ޕްލޭން ހުށައަޅާގޮތަށް އޮތް އޮތުން މި މަހުގެ 10 ވަނަދުވަހުގެ ފަހުން ބަދަލުކޮށް ބިޒްނަސް ޕްލޭންގެ މުހިންމު ބައިތައް ހުށައަޅަންޖެހޭގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.ވިސާމް ވިދާޅުވީ މި ޕްރޮސީޖަރ ތަކާ ގުޅިގެން ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށްފަހު ވިޔަފާރި ކުރިއަށް ގެންދޭތޯ ބެލުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މޮނިޓަރ ކުރަމުންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުން ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.