ޚަބަރު

އަމީތާވް ބެނާރްޖީ ޚާރިޖީ ވަޒީރު ދުންޔާއާއި ބައްދަލުކުރައްވައިފި


ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ސިޔާސީ ޑިވިޜަންގެ އިސްވެރިޔާ އަމީތާވް ބެނާރްޖީ، ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު  ދުންޔާ މައުމޫނާ ބައްދަލު ކުރައްވައިފިއެވެ.ދިވެހި ޚާރިޖިއްޔާގައި އިއްޔެ ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ ފަދަ ކުޑަ، ޖަޒީރާ ޤައުމަކަށް ކޮމަންވެލްތަކީ އެންމެ ފައިދާ ކުރަނިވި ޖަމިއްޔާއަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.ބެނާރްޖީ ވަނީ، ކުދިޖަޒީރާ ޤައުމުތަކުގެ އިއްތިހާދު، އެއޯސިސްގެ ރިޔާސަތާ ދިވެހިރާއްޖެ ޙަވާލުވިކަން ފާހަގަކުރައްވާ، އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.މިބައްދަލު ކުރެއްވުމުގައި ބެނާރްޖީ ވަނީ، ޓެކްނޮލޮޖީގެ ދާއިރާގެ އިތުރަށް، ޖަމިއްޔާ އިސްލާޙުކޮށް ހަރުދަނާ ކުރުމުގައި ކޮމަންވެލްތުން އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.