ސިޔާސީ

އެމްޑީޕީއާއި ޖޭޕީ ގުޅިގެން ކުރަނީ، ބޭނުމެއް ނެތް މަސައްކަތެއް-


ޤާނޫނު އަސާސީ ޙިމާޔަތްކުރުމަށް ކަމަށް ބުނެ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ކުރާ މަސައްކަތަކީ، ބޭނުމެއް ނެތް މަސައްކަތެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ބައިނަލްއަޤުވާމީ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް،  ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނު އަސާސީއާއި ޚިލާފު އެއްވެސް ކަމެއް ނުކުރާކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އާއި ހިލާފު އަމަލެއް ނުކުރާއިރު، ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށްބުނެ އެފަރާތްތަކުން ނުކުންނަވާނީ ކޮން ބޭނުމެއް ގައިކަން އެނގިވަޑައިނުގަންނަވާކަމަށް މައުމޫން ވިދާޅުވިއެވެ.ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާ ތިމާވެއްޓާބެހޭ  ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި، ތިމާވެށި ދިރާސާ ކުރާ މާހިރުންނާއި ފަންނުވެރިންގެ އިތުރުން ބައެއް ޤައުމުތަކުގެ ވެރީންވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮންނަ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ވާހަކަފުޅު ދައްކަވާނެކަމަށް މައުމޫން ވިދާޅުވިއެވެ.