ޚަބަރު

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް


ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކުރުމާއި، އެނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ބެލެހެއްޓުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.އެކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ މޫކައި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމްއެވެ.މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ހައެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާއަށެވެ.ކުވައިތު ފަންޑުގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ، ފުވައްމުލަކުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއަށް ޖުމްލަ ދުއިސައްތަ އެއްތިރީސް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މިނިސްޓަރ ޠާރިޤް ވިދާޅުވީ، ފުވައްމުލަކުގެ ނަރުދަމާއާއި ފެނުގެ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތް ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އުއްމީދަކީ މިއަހަރުތެރޭ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން ކަމަށާއި ދެއަހަރު ދުވަހުގެ ތެރޭ މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.ފުވައްމުލަކުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއަށް ކުވައިތު ފަންޑުގެ ލޯން އެހީގެ ގޮތުގައި ލިބިފައިވަނީ ސަތޭކަ ހަތްދިހަ ހަތަރު މިލިއަން ރުފިޔާއެވެ. އަދި ބާކީ ފަންސާސް ހަތް މިލިއަން ރުފިޔާ ޚަރަދު ކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.