ޚަބަރު

ހަނިމާދޫގައި މެޓްރޯ ފިޓްނަސް ކޭމްޕެއް ބާއްވަން ނިންމައިފި


މެޓްރޯފްލެކްސް ޖިމުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި މެޓްރޯ ފިޓްނަސް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މެޓްރޯފްލެކްސް ޖިމުން ބުނީ މި ކޭމްޕަކީ މެޓްރޯ ފިޓްނަސް ގްރޫޕުގެ ދަށުން ހިންގާ މެޓްރޯ ފިޓްނަސް އިންސްޓިޓިއުޓުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ކޭމްޕް ކަމަށެވެ. ދެދުވަހަށް ބާއްވާ މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހު ހަފްތާގައި ކަމަށް މެޓްރޯ ފިޓްނަސް ގްރޫޕުން ބުނެއެވެ.

މިކޭމްޕުގައި، ބަރުދަން ލުއިކުރުމަށް ބޭނުންކުރެވޭ ޑައިޓް ޕްލޭންސް އާއި ރަށްފުށުން ލިބޭ ހަށިގަނޑަށް ފައިދާހުރި ތަރުކާރީއާއި މޭވާއާބެހޭ މައުލޫމާތާއި، ފަލަވުމުގެ ސަބަބުން ކުރިމަތިވާ ތަފާތު ބަލިތަކާބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން، ޖިމް އަކަށް ނުގޮސް 3 މަސްދުވަހުގެ ތެރޭގައި ބަރުދަން ލުއިކުރެވޭނެ ޕްރޮގްރާމެއްވެސް މި ކޭމްޕްގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މެޓްރޯ ފިޓްނަސް ގްރޫޕުން ބުނެއެވެ.

މި ކޭމްޕްގުގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500ރ އެވެ. ކަމަށް މެޓްރޯ ފިޓްނަސް ގްރޫޕުން ބުނީ މި ޕްރޮގްރާމަށް ލިބޭ ތަރުހީބަށް ބަލައި ހދ ގެ އެހެން ރައްރަށުގައިވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.