ޚަބަރު

2018 ވަނަ އަހަރު 32 ކިލޯގެ މަސްުވާތަކެތި އަތުލައިގަނެވިފައިވޭ- ކަސްޓަމްސް


ފާއިތުވި 2018 ވަނަ އަހަރު ބައްތިރީސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 83 މައްސަލައެއްގައި މަސްތުވާތަކެތި ތަތުލައިގަނެފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 11 މައްސަލައަކާއި، ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު 68 މައްސަލައަކާއި، އެއަރ ކާގޯ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 3 މައްސަލައެއްގެ އިތުރުން ކަނޑުމަގުން އެތެރެކުރަންއުޅުނު 1 މައްސަލަ ހިމެނޭކަމަށް ކަސްޓަމްސް އިން ބުނެއވެެ.

މި ހުރިހާ މައްސަލައަކުން އަތުލައިގަން މަސްތުވާތަކެތީގެ ބަރުދަނުގައި ބައްތިރީސް ކިލޯ ހުރިއިރު، މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގިނަ ޢަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން 2017 ވަނަ އަހަރު މަސްރުވާތަކެތީގެ 25 މައްސަލައެއްގައި 24 ކިލޯ އަތުލައިގެންފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެތިގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.