ޚަބަރު

ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓްގެ ކޮމާންޑަރަކަށް ކާނަލް ޒުހުރީ


ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓް، ޕްރެޒިޑެންޝިއަލް ގާރޑްސްގެ ކޮމާންޑިންގ އޮފިސަރަކަށް ކާނަލް ޢަބްދުﷲ ޒުހުރީ ހަމަޖައްސައިފިއެވެ.

ކާނަލް ޒުހުރީ މިހާތަނަށް ހުންނެވީ ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑިންގ އޮފިސަރަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓަށް މިގެނައި ބަދަލާއެކު، ކުރިން ޕްރެޒިޑެންޝިއަލް ގަރޑްސް ކޮމާންޑިންގ އޮފިޝަލަކަށް ހުންނެވި ކާނަލް އިބްރާހީމް ރަޝީދު ވަނީ ސަދަން އޭރިޔާގެ ކޮމާންޑިންގ އޮފިސަރަކަށް ހަމަޖައްސާފައެވެ. އަދި ސަދަން އޭރިޔާގެ ކޮމާންޑިންގ އޮފިސަލަކަށް ކުރިން ހުނެވި ކާނަލް ޢަބްދުﷲ އިބްރާހިމް ވަނީ ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑިން އޮފިސަރަކަށް ބަދަލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްޑީއެފްގައި ކުރިން އޮތް ސްޕެޝަލް ޕްރޮޓެކްޝަންސް ގްރޫޕް، އެސްޕީޖީގެ ބަދަލުގައި ޕްރެޒިޑެންޝިއަލް ގަރޑްސްގެ ނަމުގައި ވަކި ޔުނިޓެއް އުފައްދާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެ ބަދަލު ގެންނަވާފައިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާއަށްފަހުގައެވެ. އެއަށްފަހު އޭރުގެ ރައީސްގެ ސަލާމަތީ ކަންކަން އެމްޑީއެފުން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.