ޚަބަރު

އަދީބުގެ ޞިއްޙީ ޙާލުކޮޅުގެ މަޢުލޫމާތު އިންޑިއާ ސަފީރާ ޙިއްސާކޮށްފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޞިއްޙީ ހާލުކޮޅާ ގުޅޭ މަޢުލޫމާތު މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ފަރާތުން އިންޑިއާ ސަފީރާ ޙިއްސާކޮށްފިއެވެ.

ކުރީގެ ނާއިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙްމަދު އަދީބު ޖަލުގައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވުމާއި ގުޅިގެން ފަރުވާދިނުމަށް އައިޖީއެމްއެޗްގެ އައިސީޔޫއަށް ވަނީ ބަދަލުކޮށްފައެވެ. އެމަޢުލޫމާތުތައް ހިއްސާ ކުރުމަށް އެމްޓީޑީން ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވާފައެވެ.

އެމްޓީޑީން ބުނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައި އަދީބުގެ ޞިއްޙީ ހާލުކޮޅާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އަދި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެއްވެސް އިންސާފެއް ނެތި އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތުވެސް ޙިއްސާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެމްޓީޑީގެ ނާއިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ނާއިބު ރައީސް ސާއިފް އަޙްމަދު އަދި އެ ޕާޓީގެ އެސްޖީ ބައިވެރިވެވަޑައިގެންނެވިއެވެ.