ޚަބަރު

ކުޑަހުވަދޫގެ މަގުހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް


ދ.ކުޑަހުވަދޫގައި ހަދާ މަގުގެ ކާނުތަކާއި ޕޭވްމެންޓް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.ކައުންސިލްގެ ރައީސް އިބްރާހިމް ޒަމީރު އިސްމާއިލް ވިދާޅުވީ، އެ ރަށުގައި ހަދާ 6.3 ކިލޯމީޓަރުގެ މަގުގެ މަސައްކަތް ނުފެށި އޮތުމަށްފަހު މިހާރު މަސައްކަތްފެށިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.ތާރު އަޅައިގެން ރަނގަޅުފެންވަރަކަށް ހަދާ މި މަގު މި އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްއާރޑީސީއާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.76 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ކުޑަހުވަދޫގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުގެ އޮގަސްޓު މަހުގެތެރޭގައެވެ.