ޚަބަރު

އިމްރާނާއި މެލޭޝިއާގެ ޕީކޭއާރު ޕާޓިގެ ލީޑަރު އަންވަރާއި ބައްދަލުކުރައްވައިފި


މެލެޝިއާގެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ޕީކޭއާރުގެ ލީޑަރު އަންވަރު އިބްރާހީމާއި ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި މެލޭޝިއާގެ ޕީކޭއާރ ޕާޓީގެ ލީޑަރާ ބައްދަލުކުރައްވާ ދެބޭފުޅުންވަނީ، އިސްލާމީ ހަރަކާތްތަކަށް ކުރިމަތިވެފައިވާ ޑިމޮކްރެޓިކް ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެޕާޓީގެ މަންފާއަށްޓަކައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރަކުރައްވާފައެވެ.

މި ބައްދަލުވުމުގައި މެލޭޝިއާގެ ލީޑަރު އަންވަރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ދެ ޕާޓިގެ މެދުގައި ވަރަށް ގާތް އަޚްވަންތަ ގުޅުމެއް އޮތުމަށް އެދިވަޑައިގަންނަވާކަމަށާއި ރާއްޖެއާއި، ދިވެހި ރައްޔިތުން އިޞްލާޙުގެ މަގުގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވާ ކުރިއެރުމަށް އެދިވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި އަންވަރު ވަނީ މެލޭޝިއާގެ މައި ޕާޓީ ޕީކޭއާރުގެ ދެން އޮންނަ ކޮންގްރެސްގައި ހަރަކާތްތެރިވުމަށްވެސް އަދާލަތު ޕާޓީއަށް ދަޢުވަތު ދެއްވާފައެވެ.