ވިޔަފާރި

ބުޓީކް ހޮޓެލް އެވޯޑްގެ އެންމެ ހިތްގައިމު ބީޗަކަށް ރީތި ފަރު


ބުޓީކް ހޮޓެލް އެވޯޑްގެ ދުނިޔޭގެ އެންމެ ހިތްގައިމު ބީޗު ރިސޯޓުގެ އެވޯޑް ރާއްޖޭގެ ރީތި ފަރު ރިސޯޓަށް ލިބިއްޖެއެވެ.

މަތީ ފަންތީގެ ޙިދުމަތްދޭ ރިސޯޓުތަކުގެ ތެރެއިން ހޮވާލާ އެންމެ ކުރިއަރާފައިވާ ރިސޯޓުތަކަށް ޙާއްސަކޮށްގެންދޭ ބުޓީކް ހޮޓެލް އެވޯޑު ތަފާތު 14 ކެޓަގަރީއަކުން 14 ރިސޯޓަކަށް އެވޯޑު ވަނީ ދީފައެވެ.
ބުޓީކް ހޮޓެލް އެވޯޑް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިއެވޯޑުގެ އެކި ކެޓަގަރީތަކަށް 80އަށް ވުރެ ގިނަ ޤައުމުން 300 އަށްވުރެ ގިނަ ހޮޓާ ރިސޯޓުން ނަން ހުށަހެޅިކަމަށެވެ.

އެންމެ ހިތްގައިމު ބީޗް ރިސޯޓުގެ އެވޯޑްގެ އިތުރުން އެންމެ ހިތްގައިމު ވެލްނަލް ސްޕާ ރިސޯޓާއި، އައިލާތަކަށް އެންމެ ކަމުދާ ރިސޯޓު ފަދަ ކެޓަގަރީތަކުން އެންމެ ކުރިއަރާފައިވާ ރިސޯޓުތައް ހޮވާ އެވޯޑު ދީފައެވެ.
ރ. ފިލައިދޫގައި ތަރައްޤީކޮށްފައިވާ ރީތި ފަރު ރިސޯޓުގައި 150 ކޮޓަރިއާއި، ސްޕާއަކާއި، ރެސްޓޯރަންޓަކާއި، ޑައިވް ސެންޓަރަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރެއްގެ އިތުރުން ބާގެ ޚިދުމަތް ލިބެން ހުރެއެވެ.