ސިޔާސީ

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް ސަލީމްގެ ނަން


ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ސާރކުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަލީމުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.ސަލީމަކީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުވައްފައިވާ ބޭފުޅެކެވެ. އެގޮތުން ސާރކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްކަމާއި، ޚާރިޖީ ދާއިރާގެ ގިނަ މަގާމްތަކެއް ފުރުއްވާފައިވެއެވެ.ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގައި އެންމެ ފަހުން ހުންނެވީ މިދިޔަމަހުގެ ވިހިވަނަ ދުވަހު ޑިފެންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި މޫސާ އަލީ ޖަލީލްއެވެ.