ދުނިޔެ

ސަޢޫދީ ޢަރަބިއްޔާއަށް އަރާނެ ކަމުގެ އިންޒާރު، އައި.އެސް އިން ދީފި


ރަސްގެފާނު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރަސްކަމަށް އައު ބޭފުޅަކު އިސްކުރައްވާ، ސަރުކާރުގެ އިސް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ސަޢޫދީ ޢަރަބިއްޔާއަށް އަރާނެ ކަމުގެ އިންޒާރު، ހަރުކަށި އައި.އެސް ޖަމާޢަތުން ދީފިއެވެ.ސަޢުދީޢަރަބިއްޔާއަށް އަރާ، ސަޢުދީ ހިފާނެ ކަމަށް އައި.އެސްއިން އިންޒާރު ދީފައިވަނީ އެ ޖަމާޢަތުން ނެރުނު ވީޑިއޯ އެއް މެދުވެރިކޮށެވެ.ފޮކްސް ނިއުސްއާއި ޙަވާލާދީ، ބައިނަލްއަޤްވާމީ ޚަބަރުތައް ބުނާ ގޮތުން، ސަޢުދީއަށް އަރާނެ ކަމުގެ އިންޒާރު ދީފައިވަނީ ޢިރާޤާ ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ޖަމާޢަތާ ގުޅިފައިވާ ސަޢުދީގެ ހަނގުރާމަވެރިން ތަކެކެވެ.ކަންމިހެން އޮތްއިރު، އައި.އެސް ގެ ހަނގުރާމަވެރިން ވަނީ ސޫރިޔާގެ ކުބާނީ އަވަށުގައި އެ ޖަމާޢަތް ބަލިވެއްޖެ ކަމަށާ އަނެއްކާވެސް އެ އަވަށަށް ޙަމަލާ ދޭނެ ކަމަށް ޢާންމުކޮށް ފުރަތަމަ ފަހަރަށް އިޢުތިރާފުވެ، އިންޒާރު ދީފައެވެ.