ދުނިޔެ

ގޮތޯ ޤަޠުލު ކުރި މައްސަލަ އޮބާމާ ކުއްވެރިކުރައްވައިފި


ހަރުކަށި އައި.އެސް ޖަމާޢަތުން ރަހީނު ކޮށްފައި ހުރި ޖަޕާނުގެ ނޫސްވެރިޔާ ކެންޖީ ގޮތޯ ޤަޠުލުކޮށްލި ހައިރާން ކުރުވަނިވި ޢަމަލު، އެމެރިކާގެ ރައީސް ބަރާކް އޮބާމާ ކުށްވެރި ކުރައްވައިފިއެވެ.މި ޢަމަލު ކުށްވެރި ކުރައްވަމުން އޮބާމާ ވަނީ، އައި.އެސް އާއި ދެކޮޅަށް އެމެރިކާއިން ހިންގާ ހަރަކާތްތައް ކުރިޔަށް ގެންދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.ހަރުކަށި އައި.އެސް ޖަމާޢަތުން ރަހީނުކޮށްފައިވާ ޖަޕާނުގެ ނޫސްވެރިޔާ – ކެންޖީ ގޮތޯ ޤަޠުލުކޮށްފައިވާ ކަމަށް ބުނާއިރު، ޖަޕާނު ސަރުކާރުން އެންމެ ހަރުކަށި ކަމާއެކު އެ ޢަމަލު ކުށްވެރި ކޮށްފައެވެ.އައި.އެސް ޖަމާޢަތުން ވަނީ ގޮތޯ ޤަޠުލުކުރާކަމަށް ބުނާ ވީޑިއޯއެއް ޢާންމުކޮށްފައެވެ.ޖަޕާނު ސަރުކާރުގެ ޗީފް ކެބިނެޓް ސެކްރެޓަރީ – ސުޣޭ ޔޮޝިހީދޭ ވިދާޅުވީ މިފަދަ ލާއިންސާނީ، ދަށު ދަރަޖައިގެ ޢަމަލެއް އަނެއްކާވެސް ހިންގުމުގެ ސަބަބުން ޖަޕާނުގެ ރުޅި އިތުރަށް ގަދަވެފައިވާކަމަށެވެ. ސުޣޭ ވިދާޅުވީ މި ވީޑިއޯއާއި ގުޅިގެން ޖަޕާނުން ރައްދުގައި ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް، ކަމާ ބެހޭ ވަޒީރުން ބައްދަލު ކުރައްވާނެ ކަމަށެވެ.ގޮތޯ ޤަޠުލު ކުރާ ވީޑިއޯއެއް އައި.އެސްއިން ޢާންމު ކޮށްފައި މިވަނީ، އެ ޖަމާޢަތުން ރަޙީނު ކުރި،  ޖަޕާނުގެ ހަރޫނާ ޔުކާވާ ޤާޠުލު ކުރި ވީޑިއޯ ޢާންމު ކުރިތާ ބަރާބަރު އެއް ހަފްތާ ފަހުންނެވެ.