ދުނިޔެ

2014 ވަނަ އަހަރު އެމެރިކާގެ އިޤްތިޞާދު ލަފާކުރި ވަރަށްވުރެ ދަށް


ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު، ނިމިދިޔަ 2014 ވަނަ އަހަރު ކުރިއަރާފައިވަނީ ހީކުރި ވަރަށް ވުރެ ބޮޑުތަން ލަސްދުވެއްޔެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހު އެމެރިކަގެ އިޤްތިޞާދު ކުރިއަރާފައިވަނީ ދޭއް ޕޮއިންޓް ހައެއް އިންސައްތައަށެވެ.ނަމަވެސް މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައި އެމެރިކާގެ އިޤްތިޞާދު ތިނެއް އިންސައްތަ ކުރިއަރާނެ ކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ތިންމަސްދުވަހާ އަޅާ ބަލާއިރުވެސް ފަހެއް އިންސައްތަ ދަށް ޢަދަދެކެވެ. ކަންމިހެން އޮތް ނަމަވެސް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ތެލުގެ އަގު ދަށަށް ދިއުމުގެ ސަބަބުން ޢާންމުން އަތުގައި ޚަރަދު ކުރާނެ ފައިސާ އިތުރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.