ސިޔާސީ

ޖޭޕީއާއި އެމްޑީޕީގެ މަޝްވަރާތަކުގައި އަދާލަތުން ބައިވެރިއެއްނުވޭ


ޤާނޫނު އަސާސީ ދިފާޢުކުރުމުގެ ނަމުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން ފަށާފައިވާ މަޝްވަރާތަކުގައި ބައިވެރިނުވުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.އަދާލަތު ޕާޓީން މިގޮތަށް ނިންމީ، ޤާނޫނުއަސާސީ ދިފާއުކުރުމުގެ ނަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ފަށާފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް އަދާލަތު ޕާޓީއަށް ދައުވަތުދީފައި ވަނިކޮށެވެ.އަދާލަތު ޕާޓީން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމަޝްވަރާތަކުގައި މިވަގުތު ބައިވެރިނުވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމިޔަސް، ޤައުމުގެ ހާލަތުގެ ވަރަށް ކައިރިން ބަލަމުންދާނޭކަމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރަންޖެހިއްޖެ ހާލަތެއްގައި ހުރިހާ ފަރާތަކާއި އެކީ މަޝްވަރާކުރުމުގެ އުސޫލު ދަމަހައްޓާނޭކަމަށްވެސް އަދާލަތުޕާޓީގެ ބަޔާނުގައިވެއެވެ.