ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާގެ ގާތްކަން މުހިންމު - ރައީސް ޞާލިޙު


ތަރައްގީގެ މަގުގައި ރާއްޖެ ކުރިއަރައި ދިއުމަށް އަވަށްޓެހި ސްރީލަންކާގެ ގާތްކަން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މޭޖާ ޖެނެރަލް ރިޓަޔާޑް، ތޮރަޑެނިޔައާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖެއާއި ސްރިލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރިތާ 54 އަހަރު ފުރުނުއިރު، ތަރައްޤީގެ ގޮތުން ރާއްޖެ ކުރިއަރާ ދިއުމަށް ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމިއޮތުން މުހިންމު ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާ ސަރުކާރުގެ އިތުރުން އެކިއެކި ބޭނުން ތަކުގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ ސްރީލަންކާގެ އެތަކެއް ހާސް ރައްޔިތުންގެ ދައުރުވެސް މުހިންމުކަމަށެވެ. މި ބައްދަލުވުމުގައި ސްރީލަންކާ ސަފީރާ ޙަވާލާދީ ރައީސް އޮފީހުން ވިދާޅުވީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަޒީފާ އަދާކޮށް ދިރިއުޅުން ބިނާ ކުރުމަށް ރާއްޖެއަކީ ވަރަށް މަޝްހޫރު ތަނަކަށް ވެފައިވާ ކަމަށެވެ. އަދި ރައީސް ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދިވެހި ރައްޔިތުންގެ އަޒުމް ވަރުގަދަކަން ހާމަވެފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސްރީލަންކާގެ މުހިންމުކަން ބޮޑު ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާއިރު، ސްރީލަންކާއަށް ކުރައްވާ ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ އެޤައުމަށް ވަޑައިގަންނަވާފައެވެ.