ސިޔާސީ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރީ އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީ އެވެ.

އިބްރާހީމް މުޙައްމަދުދީދީ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ޙަސަން ޒިލާލް، ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ، 2006 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަޤާމުގައެވެ.

އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީ އަކީ ޝަރީޢާ އެންޑް ލޯ ގެ ދާއިރާއިން ބެޗެލަރ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.