ޚަބަރު

އިބްތިހާލްގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވާ އިއްޔެ ވ. ރަކީދޫން ފެނުނު ކުޑަކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެން ވަހީދު ވިދާޅުވެއްޖެއެވެ.މި މައްސަލައިގަ ކުޑަކުއްޖާ މަރާލިކަމަށް އޭނާގެ މަންމަ ވަނީ އިޢުތިރާފްވެފައެވެ. އެހެންނަމަވެސް މިކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.ފުލުހުންގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ އެ ކުއްޖާގެ މަންމަ އިޢުތިރާފްވެފައިވާކަން ބައެއް މީޑިޔާތަކުގައި ހާމަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ކޮމިޝަނަރ  ދޮގުކުރައްވާފައެއް ނުވެއެވެ.ތިން އަހަރުގެ އިބްތިހާލްގެ މަރުގެ މައްސަލަ ތަހުޤީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމުތަކެއް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މައްސަލައިގަ އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ވެސް ފުލުހުންގެ ތަހުޤީގުގެ ތެރެއިން ބަލަމުން ގެންދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.ކޮމިޝަނަރ ވިދާޅުވީ މިކަމުގައި ދަޢުލަތުގެ މުޢައްސައެއްވެސް އަދި ފުލުހުން ވެސް އިސްތިސްނާ ނުކުރެވޭނެ ކަމަށެވެ.