ޚަބަރު

އައްޑޫސިޓީގައި އުމުރުން ދުވަސްވީ މީހުންނަށް ޙާއްސަ ޕާކެއް ތަރައްޤީކުރަނީ


އައްޑޫސިޓީ ހިތަދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޙާއްސަ ޕާކެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ މި ޕާކް ހެދުމުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނަށް އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ ހިތްހަމަޖައްސާލުމުގެ ފުރުޞަތު ހޯދައިދިނުންކަމަށެވެ.

ޕެންޝަން އޮފީހުންވަނީ އެ އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ޕަބްލިކް ޕާކެއްގެ ކުރެހުން ފަރުމާކުރުމާއި ޕާކު ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.
ޕެންޝަން އޮފީހުން ވަނީ، ހދ. ކުޅުދުއްފުށީގައިވެސް އިސް ރަށްވެހިންނަށް ޚާއްޞަ ޕާކެއް ތަރައްޤީކުރުމަށް ނިންމާފައެވެ.