ޚަބަރު

އެމްއޭސީއެލްއަށް އެމްޑީއެއް ހޮވުމަށް ނަން ފޮނުވައިފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައިސުލްޖުމްހުރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް ޕްރައިވެޓައިޒޭޝަން ބޯޑަށް ނަމެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ އުސޫލެއްގެ ގޮތުން އެފަދަ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ޕްރައިވެޓައިޒޭޝަން ބޯޑުން ނަން ފާސްވުމުންކަމަށެވެ. އަދި އެއާރޕޯޓްސް ކޮމްޕެނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރަން ރައީސް ފޮނުވި ނަން ފާސްނުވަނީސް އެފަރާތުގެ ނަން ހާމަކުރަން ދަތިކަމަށް މުއާޒް ވިދާޅުވިއެވެ.ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ރައީސް އޮފީހުން ފޮނުވި އެބޯޑުން މިހާރު ދިރާސާކުރަމުންދާކަމަށެވެ.މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމް ހުސްވެފައިވަނީ ކުރިން އެމަގާމްގައި ހުންނެވި ބަންދު އިބްރާހިމް ސަލީމް ވަކި ކުރެއްވުމާއި ގުޅިގެންނެވެ.