ޚަބަރު

ޕީޖީ އޮފީހުގެ އިތުރު ދެ ގޮފި މިއަހަރުގެ ތެރޭގައި ހުޅުވަނީ


ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އިތުރު ދެ ގޮފި މިއަހަރުގެ ތެރޭގައި ހުޅުވޭނޭ ކަމަށް ޕީޖީގެ އޮފީހުން ވިދާލުވެއްޖެއެވެ.އެމް ބީ ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން، ޕީ ޖީ އޮފީހުގެ މީޑިޔާ އޮފިޝަލް އާދަމް އާރިފް ވިދާޅުވީ އަލަށް ގާއިމްކުރާ ދެ ގޮފި ހުޅުވުމަށް ނިންމާފައިވަނީ ނ މަނަދޫ އާއި ލ ގަމުގާ ކަމަށެވެ. މިކަމުގެ އަމަލީ މަސައްކަތްތައް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރެވެމުންދާ ކަމަށާއި، ވީހާވެސް އަވަހަކަށް ގޮފިތައް ގާއިމްކޮށް ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.މީޑިޔާ އޮފިޝަލް ވިދާޅުވީ މަނަދޫގައި ހެދުމަށް ނިންމާފައިވާ ގޮތްޕަކީ ށ ނ ރ މި ތިން އަތޮޅަށް އަމާޒުކޮށް ހުޅުވާ ގޮތްޕެއް ކަމަށާއި، ށ.ފުނަދޫގައި ހުންނަ ގޮފި ކުރިއަށްދާނީ މަނަދޫ ގޮފީގެ ދަށުން ކަމަށެވެ.  މީގެ އިތުރުން ލ ގަމުގައި ގާއިމްކުރާ ގޮތްޕަކީ ތ ލ މި ދެއަތޮޅަށް އަމާޒުކޮށް ހުޅުވާ ގޮތްޕެއް ކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.މީގެ އިތުރުން އަތޮޅުތަކުގައި ގޮފިތައް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްދިނުން ކަމަށާއި، އެ ސަރަހައްދަކުން ހުށައެޅޭ މައްސަލަތައް ގޮފިތަކުގައި ތިއްބަވާ ވަކީލުން ހައްލު ކުރާގޮތަށް ހަމަޖެހިގެން ދިއުމުން ޕީޖީ އޮފީހުގެ މަސައްކަތައް އަވަސްވެ ދައުވާ ކުރަން ފޮނުވުން އަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޖީ އޮފީހުގެ ގޮފިތައް މިހާރު ގާއިމް ކޮށްފައިވާ އަތޮޅުތަކަކީ ހދ، ށ، ބ، ގއ ގދ އާއި އައްޑޫސިޓީގައެވެ.