ޚަބަރު

މާލޭގައި އުސްކޮށް އިމާރާތް ކުރުމާ ގުޅޭ ޤަވާއިދު އިއުލާންކުރަނީ


މާލޭގައި އުސްކޮށް އިމާރާތް ކުރުމުގެ ޙުއްދަ ދިނުމާ ގުޅޭ ޤަވާއިދު މިހަފްތާ ތެރޭގައި އިޢުލާން ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވިހި ބުރިޔަށް އިމާރާތްތައް އުސްކޮށް ހެދުމަށް ހުއްދަ ދިނުމާއި ގުޅޭ ގޮތުން ހަދާފައިވާ ޤަވާއިދު ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ޤަވާއިދު އާންމުކުރެވޭއިރު، އޭގައި އިމާރާތްތައް ޑިޒައިން ކުރުމާއި، ފަޔަރ ސޭފްޓީއާއި، އުސްކޮށް ހަދާ އިމާރާތްތަކުގެ ފައުންޑޭޝަން ހުންނަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ.މާލޭގައި ހަނި ގޯޅިތަކަށްވާ ގޮތަށް ހުރި ބައެއް މަގުތަކަށް ހަތަރު ފުރޮޅުލީ ދުއްވާ އުޅަނދަށް ނުވަދެވޭ ގޮތަށް ހެދުމަށް ނިންމާފައިވާއިރު، ތިން ސަރަޙައްދެއް އެކަމަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެސަރަޙައްދުތައް ކަނޑައަޅާނީ އެސަރަޙައްދުގައި ޕާކްކުރާ އުޅަނދުތައް ޕާކް ކުރާނެ އެހެން ތަނެއް ހެދުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.