ސިޔާސީ

ޕީޕަލްސް އެކްޝަން ޕާޓީ ހެދުމުގެ އިލެކްޝަނުން ދީފި


ޕީޕަލްސް އެކްޝަން ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ އައު ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ދީފައިވަނީ، ދަފްތަރު 9779، ޝުއައިބު ޢަލީ ރަޝީދުއަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޕީޕަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުދެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.

ޕީޕަލްސް އެކްޝަން ޕާޓީއަކީ މީގެ ކުރިން "މޯލްޑިވްސް އެކްޝަން ޕާޓީ"ގެ ނަމުގައި ޕާޓީ ހެދުމަށް އިލެކްޝަނަށް ފޯމު ހުށަހެޅުމަށްފަހު، އެ ޕާޓީގެ ނަން އެކަށީގެން ނުވާ ކަމަށް އިލެކްޝަނުން ނިންމައި ހުއްދަ ނުދީ ވާ ފަރާތެކެވެ. ނަމަވެސް އޭގެ ފަހުން ހުއްދަ ދީފައި މިވަނީ ޕާޓީގެ ނަން ބަދަލު ކުރުމާއި ގުޅިގެންނެވެ.

ސިޔާސީ ޕާޓީއަކަށް ނަން އެކަށީގެން ނުވާކަމަށް ބުނެ "ދަ ގްރޭޓް ގްރީން ކަނެކްޝަން" ގެ ނަމުގައި އުފައްދަން ހުއްދައަށް އެދުނު ޕާޓީއަށް ވެސް ހުއްދަ ދީފައެއް ނުވެއެވެ.