ޚަބަރު

ރައީސް ޔާމީން އުފައްދަވާ ޕާޓީއަށް ހުއްދަ ނުދޭން ނިންމައިފި


ރައީސް ޔާމީން އުފައްދަވާ ޕާޓީއަށް ހުއްދަ ނުދޭން ނިންމައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ)ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީއަށް ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ އެޕާޓީ އުފެއްދުމަށް ފޯމް ހުށަހަޅާފައިވަނީ ޕީޕީއެމްގައި ރަޖިސްޓާކޮށްފައިވާ މެންބަރެއް ކަމަށްވާ ޢަބްދުއްރަހީމް އަބްދުﷲ ކަމަށްވާތީކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުރި މީހަކަށް ވަކި އާޕާޓީއެއް ރަޖިސްޓްރީކުރަން ޤާނޫނީގޮތުން ހުށަނޭޅޭނެ ކަމަށާ، ޕީއެންސީ އުފައްދަން ހުއްދަނުދިނީ އެހެންވެގެންކަމަށް އީސީން ވިދާޅުވެއެވެ. އެހެންކަމުން ޕީއެންސީ އުފައްދަން އެދި ހުށަހެޅި ފޯމް ބާޠިލުކުރަން ނިންމާފައިވާކަމަށްވެސް އީީސީން ވިދާޅުވެއެވެ.