މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018ގެ އެންމެ ރަނގަޅު ލިވްއަބޯޑު އޮޕަރޭޓަރަކަށް ވޮޔޭޖަސް މޯލްޑިވްސް ހޮވިއްޖެއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ ކަނޑު އުޅަނދުފަހަރުގެ އަގުވަޒަންކުރުމަށްޓަކައި 2014 ވަނަ އަހަރުން ފެށިގެން ލިވަރބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ލޭމް އިން އިންތިޒާމުކޮށްގެން ބާއްވާ އެވޯޑެކެވެ.
މޯލްޑިވްސް ބޯޓިންގ އެވޯޑްސްގެ ފަސްވަނަ އެވޯޑް ހަފްލާ ބާއްވާފައިވާއިރު މިދާއިރާގައި ފާހަގަކޮށްލެވޭ އެކި އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ލޭމް އިންވަނީ 26 ދާއިރާއަކުން އެވޯޑް ދީފައެވެ.
އެގޮތުން އެންމެ ރަނގަޅު ލިވްއަބޯޑް އޮޕަރޭޓާއަކަށް ހޮވުނީ ވޮޔޭޖާސް މޯލްޑިވްސްއެވެ. 1980 ގައި ޓްރެވެލް އެންޑް ޓުއާ ކުންފުންޏެއްގެ ގޮތުގައި ތަޢާރަފްވި ވޮޔޭޖާރސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެކެވެ.
ބޯޓިންގ އެވޯޑްސްގެ ލިވަރބޯޑު އޮޕަރޭޓަރަކަށް ވޮޔޭޖަސް މޯލްޑިވްސް ހޮވުނުއިރު އެންމެ ކާމިޔާބު ލިވްއަބޯޑް ބްރޭންޑަކަށް ހޮވިފައިވަނި ކާޕް-ޑީ-އޭމް މޯލްޑިވްސްއެވެ. ކާރޕް-ޑީ-އޭމް މޯލްޑިވްސްއަކީ ވެސް ލޯންޗާއި ސަފާރީގެ ޚިދުމަތްތަކުގައި ޜާއްޖޭގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
އެންމެ ރަނގަޅު ޔޮޓްގެ އެވޯޑް ލިއޯ ސަފާރީ މޯލްޑިވްސްގެ ލިއޯ ސަފާރީއަށް ލިބިފައިވާއިރު ބެސްޓް ސަރފް ސަފާރީގެ އެވޯޑް ލިބިފައިވަނީ ބްލޫ ހޮރައިޒިން މޯލްޑިވްސްގެ ހޮރައިޒިން ދޭކަށެވެ. އަދި އެންމެ ރަނގަޅު ޑައިވް ސަފާރީގެ އެވޯޑް ލިބިފައިވަނީ ސަޗިކާ މޯލްޑިވްސްގެ ސަޗިކާ ސަފާރިއަށެވެ.
އެންމެ ރަނގަޅު ފިޝިންގ ސަފާރީގެ އެވޯޑު ޑޮލްފިން އެކެއް ސަފާރީއަށް ލިބިފައިވާއިރު އެންމެ ރަނގަޅު ބޯޓް ޑިޒައިންގެ އެވޯޑް ލިބިފައިވަނީ ސްކޫބަރ ސްޕާ ޔަންގ ސަފާރިއަށެވެ.
އެންމެ ރަނގަޅު ލިވްއަބޯޑް ޔޮޓް ބިލްޑާރއަށް ވޯޓަރ ލައިން މޯލްޑިވްސް ހޮވިފައިވާއިރު ލިވްއަބޯޑް ޓްރެވެލް އޭޖެންޓް އަދި ޓުއާ އޮޕަރޭޓަރއަކަށް ހޮވިފައިވަނީ މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސްއެވެ.
މިއަހަރުގެ އެންމެ ކާމިޔާބު އަދި އެންމެ ގިނައިން ބޭނުންކޮށްފައިވާ އިންޖީންގެ ބްރޭންޑަކަށް ހޮވިފައިވަނީ ޔަންމާ މެރިން އިންޖީނެވެ.
މިއަހަރުގެ އެންމެ ރަނގަޅު ކެޕްޓަނަކަށް ބްލޫ ހޮރައިޒިންގެ ކެޕްޓަން މުހައްމަދު ނަސީރު ހޮވިފައިވާއިރު އެންމެ ރަނގަޅު ޑައިވް ގައިޑަކަށް ހޮވިފައިވަނީ ޑޭން މޯލްޑިވްސްގެ ފަތުހުﷲ އަހުމަދުއެވެ. އަދި އެންމެ ރަނގަޅު ސާރފް ގައިޑަކަށް ހޮވިފައިވަނީ ޕާފެކްޓް ޓްރެވެލް ގްރޫޕްގެ އަހުމަދު މައުރޫފެވެ.
މި އެވޯޑުތަކުގެ އިތުރުންވެސް މިހަފްލާގައި ބޯޓިންގ އިންޑަސްޓްރީގައި ޚިދުމަތްކުރާ އެކިއެކި ފަރާތްތަކަށް ހަނދާނި ފިލާ އަރުވާފައިވެއެވެ.