ވިޔަފާރި

އިސްލާމިކް ބޭންކުން ކުޅުދުއްފުށީގައި ރޯޑް ޝޯވއެއް ބާއްވައިފި


މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކުޅުދުއްފުށީގައި ރޯޑް ޝޯއެއް ބާއްވައިފިއެވެ.

އިސްލާމިކް ބެންކުގެ ރޯޑް ޝޯވ ކުރިއަށްދިޔައީ ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ބާއްވާ "ހޮނިހިރު ބާޒާރު" ސަރަހައްދުގައެވެ.

މިރޯޑް ޝޯވގެ ތެރެއިން ބޭންކް އެކައުންޓް ހުޅުވުމާއި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގއަށް ރެޖިސްޓަރކުރުމުގެ އިތުރުން އިސްލާމިކް ބެންކުގެ ފައިންނޭންސިންގ ފެސިލިޓީތަކުގެ މައުލޫމާތު ދިނުން ކުރިޔަށް ގެންދިޔައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިސްލާމިކް ބޭންކް ކުޅުދުއްފުށީ ބުރާންޗްގެ އެކްޓިން މެނޭޖަރ މުނީރާ އަލީ ވިދާޅުވީ މި ރޯޑް ޝޯވގެ މަޤްޞަދަކީ އެބޭންކުން ދޭ ހިދުމަތްތަށް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުންކަމަށެވެ. އަދި ރޯޑް ޝޯވގެ ތެރެއިން ރިބާޔާ ނުލާ ޝަރީއަށް ހުއްދަކުރާ ވިޔަފާރި އުސޫލުގެ ދަށުން އާންމުންނަށާއި ސަރުކާރު މުވައްޒަފުންނަށްވެސް ތަކެތި ނެގުމުގެ ކަންކަންވެސް ކުރިއަށްދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް ތަށް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުން. ބޭންކުން ދެވޭ ހުރިހާ ހިދުމަތެއްވެސް މިތަނުންހަމަ އިސްލާމީ އުސޫލުން ދެވޭނެ. ރިބާޔާ ނުލާ ޝަރީއަށް ހުއްދަކުރާ ވިޔަފާރި އުސޫލުން އާންމުންނަށާއި ސަރުކާރު މުއައްޒަފުންނަށްވެސް ތަކެތި ނެގުމުގެ އުސޫލު އޮންނާނެ." އިސްލާމިކް ބޭންކް ކުޅުދުއްފުށީ ބުރާންޗްގެ އެކްޓިން މެނޭޖަރ މުނީރާ އަލީ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޮބައިލް ބޭންކިންގއަކީ މިހާރު ދިވެހި ރާއްޖޭގައި ބޭނުންކުރެވޭ އެންމެ ފަސޭހަ މޮބައިލް ބޭންކިންގ އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުން އެހެން ބޭނުންތަކަށް ފައިސާ ފޮނުވުމާއި އަމިއްލަ ފައިނޭންސިން ފެސިލީޓީތަކުގެ ބެލެންސް ބެލުމުގެ އިތުރުން ޗެކްތަކާބެހޭ މައުލޫމާތުވެސް ލިބޭނެއެވެ.