ޚަބަރު

ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ގޭސް ފުޅިއަކުން ގޭސް ލީކްވެ، ހެންވޭރުގެ ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް ކަމެއްވިކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ޙާދިސާ ހިންގާފައިވަނީ ހ.ނީޓްވިލާ ގޭގައެވެ.

ހ.ނީޓްވިލާގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 7:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމް އެ ސަރަޙައްދަށްގޮސް، މިހާރުވަނީ އަލިފާން މުޅިން ކޮންތްރޯލްކޮށްފައެވެ،